ތައާރަފް

މި ވެބްސައިޓަކީ ތަފާތު މައުޟޫޢު ތަކުގައި އަޅުގަނޑު ލިޔަން ގަސްދުކުރާ ލިޔުންތައް ރައްކާކޮށް އެލިޔުންތައް ޝާއިއުކޮށް، އާންމުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ވެބްސައިޓެކެވެ. އަޅުގަނޑު ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލުކުރީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. އޭގެ ފަހުން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވާނެއެވެ. އަޅުގަނޑުގެ ވަޒީފާގެ ގޮތުން ގިނަ ދުވަސްތަކެއް ހޭދަކުރީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައެވެ. މަދަނީ ކޯޓާއި ފަހުން ސިވިލް ކޯޓުގެ ޤާޟީކަމާއި އިސްޤާޟީކަން އަދި އޭގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން 2011 މާރިޗު 26 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާނެއެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން އަށް ޢައްޔަންކުރެވުނު މެންބަރެއްގެ ގޮތުން އެ ކޮމިޝަނުގައި އަޅުގަނޑު މަސައްކަތް ކޮށްފައިވާނެއެވެ. 11 މެއި 2022 މި ދުވަހުން ފެށިން 28 އޮކްޓޯބަރ 2024 އަށް އަޅުގަނޑު އަދާކުރީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމެވެ. މި ވަގުތު އަޅުގަނޑު މަސައްކަތް މި ކުރަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ. ޢަލީ ސަމީރު ލޯ އޮފީސް މި ނަމުގައެވެ.